ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުން ގޯސް ވާނެކަމަށް ބަލައި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މާލެ އަތޮޅުން ފެށިގެން މ.އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 12:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ، ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި މާލެ އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ހިސާބުތަކަށް ވަރަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނެކަމަށް ބެލެވެނީ، ހުޅަނގާއި ހުޅަނގު އުތުރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 15 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.
އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރާއިރު، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެެކަމަށް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ