މިދިޔަ އަހަރަކީ ގައުމީ ހިތާމައިގެ އަހަރެއް: މައުމޫން

ގައުމަށް ވަރަށް އަގުހުރި ތިން ބޭފުޅަކު މިދިޔަ އަހަރު އަވަހާރަވުމަަކާ އެކު އެއީ ރާއްޖެ އަށް ގައުމީ ހިތާމައިގެ އަހަރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. އެ ތިން ބޭފުޅުންނަކީ އަބްދުއްސައްތާރު މޫސާސީދީދީގެ އިތުރުން ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދާއި ކޮލި އަލީ އުމަރު މަނިކެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ގަލަމުގެ ނަކަލެއް ނެރުމަށް މޫކައު ސުއީޓްސްގައި ބޭއްވި ރަސްމިއްޔާތަށް ފަހު އަބްދުއްސައްތާރު "ހަވީރާ" ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ރޭ އަބްދުއްސައްތާރު މޫސާދީދީގެެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބޭއްވި އިރު، އެ މަނިކުފާން ، އަވަހާރަވީ ނޮވެމްބަރު 27، 2015 ގަ އެވެ. އަބްދުﷲ ހަމީދު އަވަހާރިވީ އޮގަސްޓް 19، 2015 ގަ އެވެ. އެ މަނިކުފާންގެ ހަނދާނުގައި ވެސް ސަރުކާރުން ވަނީ ތައުބީނުގެ ޖަލްސާއެއް ބާއްވައިފަ އެވެ. އެއީ ނޮވެމްބަރު 23، 2015 ގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެެއްގެ ރިޔާސަތު ހަމީދު ބަލަހައްޓަވަނީ: އެމަނިކުފާނަކީ ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް.---ފައިލް ފޮޓޯ ރާއްޖޭގެ އިގުތިސާދާއި ވިޔަފާރީގެ ދާއިރާ އިން ދިގު މުއްދަތެއްގައި ގިނަ ޚިދުމަތްތަކެއްކޮށް ދެއްވި ކޮލި އަލީ އުމަރު މަނިކު އަވަހާރަވީ ޑިސެމްބަރު 19، 2015 ގަ އެވެ. ކޮލި އަލިމަނިކުގެ ހަނދާނުގައި އަދި ތައުބީނުގެ ޖަލްސާއެއް ބޭއްވިފައި ނުވާކަން ފާހަގަ ކުރައްވައި މައުމޫން ރޭ ވަނީ އެ މަނިކުފާން ގައުމަށް ކޮށްދެއްވި ހިދުމަތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަލި މަނިކު އެގޮތުން މައުމޫން ފާހަގަ ކުރެއްވި ގޮތުގައި ކޮލި އަލި މަނިކަކީ ހަވާލު ކުރައްވާ ކަމެއް 24 ގަޑި އިރު ތެރޭގައި ނިންމެވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެއްކަން ފާހަގަ ކުރައްވައިފަ އެވެެ. "[އެހެންވީމާ] ވޭތުވެ ދިޔަ އަހަރު ހިމެނިގެން މި ދިޔައީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމީ ހިތާމައިގެ އަހަރެއްގެ ގޮތުގައި. ގައުމަށް ތަފާތު ރޮނގުރޮނގުން ހިދުމަތް ކުރެއްވި، ބޮޑެތި ހިދުމަތްތަކެއްކޮށް ދެއްވި ހިދުމަތުގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ވަރަށް ހާއްސަ ތިން ބޭފުޅުން މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ،" މައުމޫން ވިދާޅުވި އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ