ތިމަރަފުށީ ދާއިރާގެ މެމްބަރު ޝަރީފުގެ މަންމަ ގެނބިގެން މަރުވެއްޖެ

ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފު އާދަމްގެ މަންމަ ސިއްތި އާދަމް، ،68 (ތމަރަފުށީ މާލޭގެ) މިއަދު ހެނދުނު އާޓިފިޝަލް ބީޗަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ނަމަވެސް އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސިއްތި މަރުވީ މޫދަށް އެރުމަށް ފަހު އެއްގަމަށް އެރިތަނާ ކަހަލަ ގޮތަކަށެވެ. މަރުވިއިރު އޭނާ ކައިރީގައި ކުއްޖަކު ވެސް ހުއްޓެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ސިއްތި މިއަދު ހެނދުނު އާޓިފިޝަލް ބީޗަށް ދިޔައީ ގައިގައި ވެލި މޮޑުމަށެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މަރުވީ މިއަދު ހެނދުނު 45: 6 ހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ