މިއަދު މެންދުރުގެ ވަގުތެއްގައި މީދޫގެ ގެއެއްގެ ކޮޓަރީގައި ކަރަންޓު ޝޯޓުވެ އަލިފާން ރޯވެއްޖެއެވެ.
11:55 ހާއިރު ރޯވި އަލިފާންގަނޑު އާއްމުންނާއި ފުލުހުންގެ އެހީތެރިކަމާއިއެކު ނިންވާލެވިފައިވަނީ 12:05 ހާއިރުކަމަށް މަޢުލޫމާތުލިބެއެވެ. މިއަދުގެ މި ހާދިސާ ހިނގަން ދިމާވީ ކަރަންޓު ޝޯޓުވެ ގޮދަޑިމަތީގައި ބާއްވާފައި އޮތް ފޯނެއްގައި އަލިފާން ރޯވުމުގެ ސަބަބުންކަމަށް 'އެމް.ޓީ'އަށް މަޢުލޫމާތުލިބިފައިވެއެވެ.
މި ހާދިސާގައި އެ ކޮޓަރީގައި ހުރި އެނދުގައި އެއްކޮށް އަލިފާން ރޯވިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. ކޮޓަރީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ކޮޓަރީގެ ކުޑަދޮރު ތަޅާލުމަށްފަހުއެވެ.
ކަރަންޓު ޝޯޓުވެ މީދޫގެ ގެއެއްގެ ކޮޓަރީގައި އަލިފާން ރޯވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ