މިރޭގެ 12 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

މިރޭގެ 00:10 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ ބޯކޮށް ވާރެ ވެހުމަކީ އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް)ން، ބުނެފިއެވެ.
މިއަދު ހެނދުނު 10:00 ން، މިރޭގެ 00:10 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.
މެޓު އޮފީހުން ބުނިގޮތުގައި ގިނަ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު. ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރެވެހުން ވެސް އެކަށީގެންވެއެވެ. ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިއަދާއި މިރޭ މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ. އެގޮތުން ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.
މިދުވަސްވަރު ރާއްޖޭގެ ގިނަ ސަރަޙައްދެއްގެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުފަތުރުތައް ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ