ލިބެމުންދާ ވޯޓުން ރައްޔިތުން ޕާޓީ ބަލައިގަންނަކަން އެނގިގެންދޭ- އެމްޑީޕީ

ފާއިތުވެދިޔަ އިންތިޚާބުތަކުގައި އެމް.ޑީ.ޕީ އަށް ލިބުނު ވޯޓުގެ އަދަދު އިތުރުވަމުން ދިޔުމަކީ އެޕާޓީ އިން ހެޔޮވެރިކަމެއް ޤާއިމުކޮށް ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓާ ރައްޔިތުންގެ ފަރުދީ މިނިވަން ކަން ދިފާޢު ކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަން އަންގައިދޭ ކަމެއްކަމުގައި އެމް.ޑީ.ޕީ އިން ބުނެފިއެވެ.
 
ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވުމަށްފަހު އިއްޔެ އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަނިތަފާތަކުން އެޕާޓީއަށް ނާކާމިޔާބުވިނަމަވެސް އަވަސްއިންތިޚާބަކަށް އެމްޑީޕީން ގޮވަމުންދިޔަ ގޮވުންތަކުގެތެރޭގައި ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ވޯޓްލާން ނުކުމެފައިވުމުން އެމްޑީޕީން ބާރުއަޅަމުންދިޔަ ކަންތައްތަކަކީ ރައްޔިތުންވެސް އެދޭގޮތްކަން ހާމަވާކަމަށެވެ.
 
 
މިބަޔާނުގައި ބުނެފައިވަނީ ވާދަވެރި ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެޕާޓީން ދެމިތިބޭނެކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ