ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނެ – ރައީސް

ސަރުކާރުން ގަވާއިދެއް ހެއްދެވުމުގައި އަދި އެއްވެސް ކަމެއް ކުރެއްވުމުގައި ރައްޔިތުން އެދޭގޮތާއި، ރައްޔިތުން ބޭނުންވާ ގޮތް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުން ނޭދޭގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއްވުމާބެހޭ ގަވާއިދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ހާމަކުރަމުން ގެންދާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ