ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީ ނަތީޖާ ބަލައިގަންނަން އެމްޑީޕީ އިން ނިންމައިފި

ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ބަލައިގަންނަން އެމްޑީޕީ އިން ނިންމައިފިއެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ބަލައިގަންނަން ނިންމީ އެމްޑީޕީގެ ޝަކުވާ ކޮމެޓީންނެވެ. ކުރިން އެމްޑީޕީ އިން ނިންމާފައި އޮތީ ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ބަލައިގަތުމާއި މެދު ގައުމީ މަޖިލީހުން ގޮތެއް ނިންމާށެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ބަލައިގަންނަން އެމްޑީޕީގެ ޝަކުވާ ކޮމެޓީ އިން ނިންމީ ރޭގެ ބައްދަލުވުމެގައެވެ. ކޮމެޓީގެ ނިންމުން މިއަދު ވަނީ ކެންޑިޑޭޓުންނާއި ވެސް ހިއްސާކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އެމްޑީޕީ އިން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ