ރައްޔިތުން އުއްމީދު ނުކުރާވަރުގެ ތަރައްގީއެއް ރައީސް ޔާމީން ވަނީ ގެންނަވާފަ- ރިޔާޒް
ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް އުއްމީދު ނުކުރާ ވަރުގެ ތަރައްގީއެއް އެމަނިކުފާނު މިގައުމަށް ގެނެސްދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ ރައްޔިތުން ވެރިއަކު ހޮވަނީ ވަރަށް މުހިއްމު އުއްމީދުތަކަކާއެކުގައި ކަމަށެވެ. ރައްޖޭގެ ކަންކޮޅުތަކުގައި މީގެ ކުރިން ލިބެންނެތް އެތައް ޚިދުމަތްތަކެއް މިދިޔަ ހަތަރު އަހަރާއި ބައިގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިގައުމަށް ގެނެސްދެއްވާފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ.އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސް ފިހާރައިގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާވާގޮތައް ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ވެސް ފޯރުކޮށްދީފައިވާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ރަޝީދު ވިދާޅުވީ މިއަދު ސަރުކާރުން އެއާރޕޯޓް ތަރައްގީކުރަމުން އަންނަ އިރު އެތަނަށް އެކަނި ބަލާލިޔަސް ރާއްޖޭގެ ހަރުމުދާ ވިއްކާލުމަށްވުރެ މިގައުމުގެ ފުދުންތެރިކަމާއި ކުޅަދާނަ ކަމާއި ކެރުންތެރިކަން މާބޮޑުކަން އެނގިގެންދާކަމަށެވެ. އެއާރޕޯޓަކީ ކާބަފައިންގެ ބުރަމަސައްކަތުން ހަދާފައިވާ ތަނެއްކަމަށާއި އެތަން ތަރައްގީކުރުމުގެ ގާބިލްކަން މިއަދު ރައްޔިތުންގެ ކިބައިގައި އެބަހުރިކަން ރިޔާޒު ފާހަގަކުރެއްވިއެވެ. އަދި އެތަން ތަރައްގީކުރުމަށް ހަވާލުކުރަންޖެހޭނީ ހުރިހާ ގޮތަކުންވެސް ގާބިލް ބަޔަކާއި ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ޖީއެމްއާރު އަތުގައި އެއަރޕޯޓް އޮތްނަމަ އޭ ތްރީއެއިޓީގެ ފްލައިޓް ރާއްޖޭގެ އެއަރޕޯޓްގައި ޖެއްސޭނެކަމަށް އުއްމީދުވެސް ރައްޔިތުން ނުކުރާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ