ޕީޕީއެމް ކައުންސިލް މެމްބަރު ކަމުން އެމްޕީ އަބްދުﷲ އިސްތިއުފާ ދެއްވައިފި

ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު އިސްތިއުފާދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވި ކަމަށް އަބްދުﷲ ވަނީ ޓްވިޓާގެ ޒަރިއްޔާއިން ހާމަކުރައްވާފައެވެ.
އަބްދުﷲ ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ހިމެނޭ ޕީޕީއެމަށް ނިސްބަތްވާ 10 މެމްބަރުންގެ ތެރޭގައެވެ. މިމެމްބަރުންގެ ތެރެއިން 4 މެމްބަރަކު ވަނީ މިހާރު ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ. އެމެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ