ފެނަކައިގެ އެމްޑީކަމަށް އެ ކުންފުނީގެ ކުރީގެ ޗެއާ އަފީފް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެންބަރު ކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނީ:
 މިއަދު އެ މަގާމަށް ހަމަޖެއްސީ މުހައްމަދު އަފީފު ހުސެއިން، މއ. ވޭވްސައިޑް 304 ފްލެޓް
އޭނާ މީގެ ކުރިން ވަނީ އެ ކުންފުނީގެ ބޯޑް ޗެއާމަންކަން ކުރައްވާފައި  
ތަފްސީލް - އަފީފް ވަނީ މީގެ ކުރިން އެމްޓީސީސީ އަދި ސްޓެލްކޯގެ ޗެއާމަންގެ މަގާމު އަދާކުރައްވައިފަ އެވެ. 
ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު، މި މަހުގެ 6 ވަނަ ދުވަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ