ފެނަކަ އެމްޑީއަކަށް މުހައްމަދު އަފީފް އައްޔަންކޮށްފި
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެެއާމަން މުހައްމަދު އަފީފް ހުސެއިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.މިއީ މި ސަރުކާރުން ފެނަކައަށް އައްޔަންކުރި ތިންވަނަ އެމްޑީއެވެ. އެންމެ ފުރަތަމަ ފެނަކައަށް އައްޔަންކުރި މުއާޒު މުޙައްމަދު ރަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުން، އެ މަގާމަށް މުހައްމަދު ނަޖާހު އައްޔަންކުރީ ޑިސެންބަރު 23، 2024 ގައެވެ. އެކަމަކު، އޭނާ މި އަހަރުގެ އޭޕްރީލް ހަވަނަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.އެހެންވެ، އަފީފަކީ ފެނަކައަށް މި ސަރުކާރުން އައްޔަންކުރި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.ޕީސީބީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، އަފީފު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ. ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ