ސްކޫލް ޓީޗާސް ކްރިކެޓް މުބާރާތް ފަށައިފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ސްކޫލް ޓީޗާސް ކުރިކެޓް މުބާރާތް ފަށައިފި އެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ފެށި މުބާރާތުގައި ބައިވެރިވެފައި ވަނީ 8 ޓީމެވެ.
މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލާއިގެން ލީގު އުސޫލުން ކުޅުމަށްފަހު ސެމީ ފައިނަލާއި ފައިނަލު ކުޅޭގޮތަށެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ސްކޫލްތަކަކީ ޢިޔާޠުއްދީން އިންޓާރނޭޝިނަލް ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް، އިމާދުއްދީން ސްކޫލް އަދި ތާޖުއްދީން ސްކޫލެވެ. އަދި ގްރޫޕް ބީ ގައި ހިމެނޭ ސްކޫލްތަކަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ސީއެޗްއެސްއީ، މުހިއްޔުއްދީން ސްކޫލް އަދި ދަރުމަވަންތަ ސްކޫލެވެ.
މިމުބާރާތަކީ ސްކޫލްތަކުގެ ޓީޗަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ބާއްވާ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ