ހައިކޯޓުގެ ވަޒީފާއަކަށް ހޮވުނު ކަމަށް ބުނުމަށް ފަހު، ފަހުން ވަޒީފާ ހަމަނުޖެހޭ ކަމަށް ބުނި މީހަކަށް ބަދަލުގެ ގޮތުގައި 10،000ރ. ދިނުމަށް އަމުރުކޮށްފި

ހައިކޯޓުގެ ވަޒީފާ އަކަށް ހޮވިއްޖެ ކަމަށް އެންގުމަށް ފަހު ފަހުން ވަޒީފާގެ ޝަރުތު ހަމަނުވާކަމަށް ބުނެ ވަޒީފާ ނުދިން މީހަކަށް ބަދަލުގެ ގޮތުގައި 10،000ރ. އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ އަންގާރަ ދުވަހު އެގޮތަށް އަމުރުކުރީ ބ. ދަރަވަންދޫ، އަމާޒު، އާއިޝަތު ޝައިހާ ހައިކޯޓުގެ ސްޓެޓިސްޓިކަލް އޮފިސަރެއްގެ މަގާމަށް ހޮވިފައިވާ ކަމަށް ބުނެ އޯގަސްޓް 7،2011ގައި ހައިކޯޓުން އޭނާ އަށް އަންގާފައިވުމުން އޭނާ އަށް ލިބުނު ވަޒީފާގެ އިތުރު ފުރުސަތުތައް ދޫކޮށްލާފައި ވަނިކޮށް، އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެންގުމުން އެކަމުގެ ބަދަލު ހޯދުމަށް ޝައިހާ ޓްރައިބިއުނަލަށް ހުށަހެޅިމައްސަލަ ބެލުމަށް ފަހު އެވެ.
ޓްރައިބިއުނަލްގެ އަމުރުގައި ބުނަނީ ޝައިހާއަށް ވަޒީފާ ލިބުނުކަމަށް ބުނި ތާރީހުން ފެށިގެންވަޒީފާ ނުލިބޭނެ ކަމަށް ބުނި ތާރީޚާއި ހަމައަށް އޭނާ އަށް ބަދަލުގެ ގޮތުގައި 10472ރ. ހަތް ދުވަހުގެ ތެރޭގައި ދިނުމަށް ފަހު އެކަން ފަސް ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ