ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް މިސްރު ގަދަ 16 އަށް

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 4) - ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް މިސްރުން ފީފާ ވޯޅްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް ދަތުރުކޮށްފި އެވެ. 
މެޗުގެ ފުރިހަަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި މިސްރު މޮޅުވީ 4-2 އިންނެވެ. މިއީ، ވޯލްޑް ކަޕްގެ ނޮކައުޓް މެެޗެއްގައި އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދި މިސްރުން ކުޅުުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ މެޗުން ވެސް އެ ޓީމުން ވަނީ މޮޅުވެފަ އެވެ. 
މިސްރުން ރަނގަޅު ފޯމެއްގައި ފެށި މި މެޗުގައި 13 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ކަރެމް ހަފޭޒް ދިން ބޯޅައަކުން އިމާމް އަޝޫރު ޖެހި ލަނޑެކެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި އަޝޫރުގެ ދެ ވަަނަ ލަނޑުގެ އިތުރުން، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ 250 ވަނަަ ގޯލެެވެ. 
ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމާލި މިސްރަށް ދެ ވަަަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ވަންދެން ލީޑުގައި އޮވެވޭ ގޮތެއްނުވި އެވެ. 
ތަފްސީލް އަންނަނީ.--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ