ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގ ޚިދުމަތެއް ކަމަށްވާ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' މެދުވެރިކޮށް ދެމިލއަން ރުފިޔާ އާއި ހަމައަށް ފައިނޭންސިންގ ލިބޭގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް މެދުކެނޑުމެއްނެތި އެބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ. މީގެ އިތުރުން އެ ބޭންކްގެ މަގްސަދަކީ ފައިނޭންސިންގ އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގ ގެ ސްކޯޕް އިތުރަށް ފުޅާކޮށް، މަރޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަހަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެޑްވާންސް މާޗަންޓް ސެޓްލްމަންޓް އިން 2 މިލިއަން ރުފިޔާއާއި ހަމަޔަށް މާލީ އެހީތެރިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ