ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫނު ވަކިކޮށްފި

ޕީޕީއެމްގެ މެމްބަރުކަމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް މައުމޫނު އަބްދުއްޤައްޔުމް ވަކިކޮށްފި އެވެ. 
ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ސުލޫކީ ކޮމެޓީން ހޯމަ ދުވަހުގެ ރޭ މި ނިންމުން ނިންމީ 5 މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.
ސުލޫކީ ކޮމެޓިން އާންމުކޮށްފަިއވާ ބަޔާނެއްގައި ބުނެފައިވަނި ރައީސް މައުމޫނަށް ޖަވާބުދާރީވުމަށް ފުރުސަތު ދިން ނަމަވެސް ޖަވާބުދާރީވުމަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ މެމްބަރުކަމުން މައުމޫނު ވަކިކުރުމަށް ކައުންސިލްއިން ހުށައަޅަފަިއވާ ގޮތަށް ސުލުކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ރައީސް މައުމޫނު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމާއެކު، އެ ޕާޓީގެ ރައީސްގެ މަޤާމު ވެސް ގެއްލިގެންދާނެ އެވެ.
ރާއްޖެޓީވީއަށް މަުއުލޫމާތުދެއްވަމުން ރައީސް މަުއމޫނު އާދިއްތަ ދުވަހުގެ ރޭ ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް އިން ވަކިނުކުރެވޭނެ ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނެފައިވާ އެއްވެސް ހާލަތެއް އެއްވެސް ސަބަބެއް، އެ މަނިކުފާނު މަގާމުން ދުރުކުރަން ކުރިމަތިވެފައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ