އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ ކުރިއަށް އޮތް ދާއިރާތަކާއި އެކި މަގާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަށްް ކާމިޔާބަށް އެދި ވަޑައިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ކާމިޔާބުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގެ ފެށުމަކަށް ވާނެކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެންގެވުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެދުމަކީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން" ކަމަށް ވިދާޅުވަމުން އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީކަމަށް ވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ދާއިރާތަކުގެ ހިންގާ ކޮމެޓީއާއިއެކު އެމްޑީޕީގެ ޗެއަރޕާސަން ހޮވުންވެސް ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި އޮންނާނެއެވެ. ޗެއަރޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް މިހާރުވަނީ އިއުލާނު ކުރައްވާފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ޗެއަރޕާސަން ކަމަށް ވާދަކުރައްވައެވެ.
އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީ: އެމްޑީޕީގެ ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ