އާންމުން ބޭނުން ކުރާ އަސާސީ ތަކެތީގެ އަގުތައް އެވްރެޖުކޮށް އަށް ޕަސެންޓު އުފުލިއްޖެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަން ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.
އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ތެލާއި ގޭސް ފިޔަވައި މައިގަނޑު އަސާސީ އެހެން ބާވަތްތަކުގެ އަގު ވަނީ މިދިޔަ ޖޫން މަހު ވެސް އުފުލިފަ އެވެ. އެއީ ކޯބާތަކެތިން 2.85 ޕަސެންޓު، ބޯތަކެތިން 0.6 ޕަސެންޓު އަދި ރީތިވާ ސާމާނުން 0.1 ޕަސެންޓެވެ.
ޖޫން މަހު އަގުބޮޑުވި ކާބޯތަކެތީގެ ތަފުސީލަށްދާއިރު، އެންމެ އަގު އުފުލުނީ ތަރުކާރީގެ ބާވަތްތަކުންނެވެ. ޖޫން މަހު ތަރުކާރީގެ އަގު ވަނީ 20.8 ޕަސެންޓު އުފުލި އެވެ. އަސާސީ ތަކެތީގެ ތެރެއިން އަހަރެއްގެ ތެރޭގައި އެންމެ އަގު އުފުލުނީ ވެސް ތަރުކާރީންނެވެ.
އިންފްލޭޝަން މަތިވެ، އަސާސީ ތަކެތީގެ އަގު އުފުލެމުންދާއިރު ދިވެހި އިގްތިސާދު އޮތީ ވަރަށް ބަލިކަށިކޮށެވެ. ރުފިޔާގެ އަގު ވެއްޓި މިއަދު ޑޮލަރެއް ގަންނަން ލިބެނީ 21.05 ރުފިޔާއަށެވެ. މިއީ ދިވެހިރާއްޖޭ ތާރީހުގައި ރުފިޔާގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
އަހަރެއްގެ ތެރޭގައި އަސާސީ ތަކެތީގެ އަގު އަށް ޕަސެންޓު ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ