އޭލެވެލްގެ 1 ވަނައާ އެކު ރައީސްގެ ސްކޮލަޝިޕް 7 ދަރިވަރަކަށް

މަތީ ސާނަވީން އެންމެ މަތީ ފާސް ހޯދައިގެން ރައީސް ދެއްވާ ސްކޮލަޝިޕް ހަތް ދަރިވަރަކު ރޭ ހޯދައިފި އެވެ.
ވީ ކިހިނެއް؟ - ފަސް މާއްދާއިން އޭ ސްޓާ ހޯދުމުން ދޭ މި ސްކޮލަޝިޕް ލިބިފައިވަނީ ސީއެޗްއެޗްއެސްއީގެ ހަތަރު ދަރިވަރުންނަށާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އަރަބިއްޔާގެ ދަރިވަރަކަށެވެ.
ތަފްސީލް - އެއީ:
ލީން އަހުމަދު ތޯރިގު، ސީއެޗްއެސްއީ
އައިޝަތު ނަބީހާ އަމީން، ސީއެޗްއެސްއީ
ޔަޝާ ޝާފީ ޝަފީގު، ސީއެޗްއެސްއީ
މާއިޝް މުފީދު، ސީއެޗްއެސްއީ
ހުސައިން ޔަމީން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު
އައިޝަތު ލީން އަބްދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒު
ލައިލް ހުސެން ހަމީދު، އަރަބިއްޔާ
ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އެ ކުއްޖަކު ބޭނުން ގައުމަކުން ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭނެ އެވެ.
އޭލެވެލް އިމްތިހާނުގައި މާއްދާތަކުން ވަކި ނަތީޖާއެއް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެ އެވޯޑެއް ދެ އެވެ. އެއީ:
ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް، ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަޝިޕް
ދިވެއްސާއި އިސްލާމް ހިމެނޭ ގޮތަށް ފަސް މާއްދާއަކުން އޭ ގްރޭޑް ހޯދާ ދަރިވަރުންނަށް ދޭ 'ހައި އެޗީވާސް އެވޯޑް'
މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ އެއްވަނަ 23 ދަރިވަރަކު ވަނީ ހޯދާފަ އެވެ. އަދި ވަކިވަކި މާއްދާތަކުން، ރާއްޖެ އާއި ދުނިޔެއިން ހަތަރު ދަރިވަރަކު ވަނީ އެއްވަނަ ހޯދާފަ އެވެ.
އެއީ:
ލީން އަހުމަދު ތޯރިގު، ބިޒްނަސް
ނިޝްވިޔާ އަހުމަދު ވަހީދު، ބިޒްނަސް
އަލީ މާއިޒު މުފީދު، އިކޮނޮމިކްސް
އިބާ އަހުމަދު އަލީ، ކެމިސްޓްރީ
މި ދަރިވަރުންނާއި އިނާމާއި އެވޯޑު ރޭ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ