ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންޖީއެޗްއޭއެމް)އިން ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަނާއި ބެހޭ ވުޒާރާއެކު މަޝްވަރާކޮށްފި އެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު މުހައްމަދު އަމީނާއި ބައްދަލުކުރައްވައި ފަތުރުވެރިކަމުގެ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތް ކުރުމަށާއި އޭވިއޭޝަން ކަނެކްޓިވިޓީ އިތުރުކުރުމަށާއި އަދި ބައިނަލްއަގްވާމީ ރޯޑް ޝޯ ތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ވެސް މަޝްވަރާކުރި ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ދެމެދުގައި އެއްކޮށް މަސައްކަތް ކުރެވޭނެ މަގެއް މަގަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ބުނެފައިވެ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ