މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވައިޓް އެލާޓް ނެރެފައި ވަނީ ފ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގައި ހިމެނޭ ސަރަހައްދަށެވެ.
މެޓް އޮފީހުން ވިދާޅުވީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން 13:30 އާއި ހަމައަށް ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވޭރޭވެހުން އެކަށީގެންވާކަމަށެވެ. މެދުތެރޭގެ ބައެއް ރަށްތަކަށް ކެރީގެއަސަރުފޯރާނެ ކަމަށާއި ނަމަވެސް އުތުރުގެ މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ހުޅަނގާއި ހުޅަގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައިވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ