ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މިރޭ މުޒާހަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - މިރޭ މަޖީދީމަގުން ފެށި މުޒާހަރާ ފެށުނުއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލޭ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ އިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ ތަން ފެނުނެވެ.
ތަފްސީލް - މަޖީދީމަގުން އިރަށް އާޓިފިޝަލް ބީޗު ސަރަހައްދަށް ގޮސް އަނެއްކާވެސް މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގުން ހުޅަނގަށް އަޑުއުފުލަމުން ހިނގައިފަ އެވެ. މުޒާހަރާގެ ބައިވެރިން ތިބީ އިއްޔެ ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލާ ލިޔުންތައް ވެސް ހިފައިގެންނެވެ. އެގޮތުން:
މުޒާހަރާގެ ވަކި ހިސާބަކުން އެ ނޫސްވެރިންގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވެފައިވޭ
މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ގޮސް ވަކި ހިސާބަކުން މިސްރާބު ޖެހީ އަލިކިލެގެފާނު މަގުން މުލީއާގެއާ ދިމާއަށް ދިއުމަށް
އެ ސަރަހައްދުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅާފައި
ފުލުހުން ވަނީ ނޫސްވެރިން އެ ސަރަހައްދުން ފަހަތަށް ޖައްސާފައި
މުޒާހަރާގެ ބައިވެރިއަކު އަނިޔާވެރިކޮށް ހައްޔަރުކުރާ ތަން ލައިވް ޓީވީން ފެނުނު؛ ފުލުހުން ވަނީ އެ ވަގުތު ލައިވް ކެމެރާއަށް ހުރަސްއަޅާފައި
އެނގުން މުހިންމު - އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގަ އެވެ.
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ