ރައީސް އޮފީހުގެ އިސް މަގާމަކަށް ކުރީގެ ވަޒީރު އާދަމް ނަސީރު އައްޔަންކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު އާދަމް ނަސީރު އައްޔަންކުރެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ.
އެކަމަކު މިއަދުގެ ވަގުތެއްގައި އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ޔަގީންކޮށްދެއްވާފައިވެ އެވެ.
ރައީސް އޮފީހުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އާދަމް ނަސީރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރަކަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އިސްތިއުފާ ދެއްވުމަށް ރައީސް މުއިއްޒު އެންގެވި 10 ވަޒީރުންގެ ތެރޭގައި ހިމެނި، އާދަމް ނަސީރު ވަޒީރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް 14 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ