އެމްޑީޕީ ޗެއާޕާސަން އިންތިހާބު: ވޯޓުލާ ވަގުތު މިރޭ 9 އަކަށް އިތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން މިރޭ 9 ޖެހުމާ ހަމަޔަށް އިތުރުކޮށްފި އެވެ. 
ތަފްސީލް - އެމްޑީޕީން ދެންމެ ބުނިގޮތުގައި ވަގުތު އިތުރުކުރީ، ‏މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާ ގުޅިގެންނެވެ.
މި އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރުކުރި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ވޯޓުލާން ހަމަޖައްސާފައި އޮތީ މިއަދު މެންދުރުފަހު 2:30 އިން ރޭގަނޑު 8 ޖަހަންދެނެވެ. އެކަމަކު އެ ވަގުތު 8:30 އަށް އިއްޔެ އިތުރުކުރި އެވެ. 
ފާހަގަކުރެވޭ - ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އެ ދެ ފެކްޝަނުގެ ހަމަނުޖެހުންތައް މިއަދު ވޯޓުގެ ތެރެއިން ވެސް ދަނީ ފެންނަމުންނެވެ.
އެގޮތުން:
ގދ. ފިޔޯރީ ވޯޓު ފޮށި ފަޅާލައިގެން، އެ ފޮށީގެ ވޯޓުލުން މިއަދު ކުރިއަށް ނުގެންދަން ވަނީ ނިންމާފައި
ފ. ފީއަލީ ވޯޓު ފޮށި ބަހައްޓާފައި ހުއްޓައި ނަގައިގެން ވަނީ ގެންގޮސްފައި
ފ. ބިލެތްދޫގެ ވޯޓު ފޮށީގައި ވެސް މައްސަލަތަކެއް ޖެހިގެން ދަނީ ބަލަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ