އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔުނު މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.
މޭ 11 ވަނަ ދުވަހު ލީވާންގެ މައްޗަށް ކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް ލީވާނަށް ދިނީ އެންމެ ދެ ގަޑިއިރެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ފަހު އޭނާ މިނިވަންވީ މެއި 22، ގަ އެވެ.
އެ މައްސަލަ ލީވާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އަޑުއެހުމެއް ތާވަލުކޮށްފައިވަނީ ޖުލައި 21، ގެ ހެނދުނު 10:00 އަށެވެ.
އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އޭނާގެ މައްސަލަ ވެސް އޮތީ އިސްތިއުނާފު މަރުހަލާގަ އެވެ.
ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް މެއި 15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ