ތޯރިގު، ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ ޔޫއޭއީ ސަރުކާރަށް ހުށަހަޅުއްވައިފި
ރާއްޖެ އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި އާ ސަފީރު ތާރިގު އިބްރާހިމް އޭނަގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ އެއް އެ ގައުމުގެ ސަރުކާރަށް އަރުވައިފި އެވެ.ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ރާއްޖެއިން އެ ގައުމަށް ކަނޑައެޅި އާ ސަފީރު ތޯރިގު އޭނާގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީއެއް ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އަށް އަރުވާފައިވާ ކަމަށެވެ. އެކަމަށްޓަކައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އަލްޝާމްސީ ރާއްޖޭގެ އާ ސަފީރަށް މަރުހަބާ ވިދާޅުވެ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުންޏެވެ.ސަފީރުން އައްޔަންކުރުމުގެ އުސޫލު އޮންނަ ގޮތުން އަލަށް އައްޔަންކުރައްވާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީއެއް ފުރަތަމަ ހުށަހަޅުއްވަނީ އެ ގައުމެއްގެ ފޮރިން މިނިސްޓްރީއަށެވެ. އެ ގައުމެއްގެ އިސްވެރިޔަކަށް ފަތްކޮޅު އަރުވަނީ އޭގެ ފަހުންނެވެ. ޔޫއޭއީއާ ރާއްޖެ އާއި ދެމެދު ހާރިޖީ ގުޅުންތައް ގާއިމުކޮށްފައިވަނީ މާޗު 15، 1978 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ