ފުޓްބޯޅަ، ސިޔާސަތު، އަދި ވޯލްޑް ކަޕް: ގެރީ ލިނެކާގެ ޚިޔާލު

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު މަޝްހޫރު ބްރޯޑްކާސްޓަރެއް ކަމަށްވާ ގެރީ ލިނެކާ އަކީ ކުޅިވަރާއި ގުޅުންހުރި އިޖުތިމާއީ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމުގައި ފަސްނުޖެހޭ، ކުޅިވަރު ނޫސްވެރިކަމުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ. ގައުމީ ޓީމަށް ގިނަ ލަނޑުތަކެއް ޖަހައިދީފައިވާ ކުޅުންތެރިއެއްގެ ގޮތުންނާއި، ކުޅިވަރު ޝޯތަކުގެ އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ހުށަހެޅުންތެރިއެއްގެ ގޮތުން، ލިނެކާގެ ޚިޔާލުތަކަކީ ވަރަށް ގިނަބަޔަކު ބަރޯސާވާ އަދި ޤަބޫލުކުރާ ޚިޔާލުތަކެކެވެ. މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ ބެހޭގޮތުން ސްކައި ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ލިނެކާ ވަނީ ކުޅިވަރާއި ސިޔާސަތު އެކުވެގެން އަންނަގޮތާއި، މުބާރާތް އިންތިޒާމުކުރާ ފަރާތްތަކަށާއި ބައިވެރިވާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވަރަށް ތަފްސީލީ ވާހަކަތަކެއް ދައްކަވާފައެވެ. ސިޔާސަތާއި ފުޓްބޯޅަ: ދެމެހެއްޓެނިވި ހަމަހަމަކަން މި މުބާރާތުގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ސުވާލުކުރުމުން، ލިނެކާ ބުނީ ބޮޑެތި ކުޅިވަރު މުބާރާތްތަކަކީ ސިޔާސީ ކަންކަމުން އެއްކިބާ ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އޭނާގެ ފޯކަސް އަބަދުވެސް ހުންނަނީ ފުޓްބޯޅައިގެ މައްޗަށް ކަމަށާއި، މިހާތަނަށް ފެނިގެންދިޔަ މެޗުތަކަކީ "އާދަޔާޚިލާފު މޮޅު" މެޗުތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ލިނެކާ ވަނީ ޓީމުތަކުގެ ތައްޔާރީތަކާއި، ވިސާގެ މައްސަލަތަކާއި، އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލާފައެވެ. ޚާއްސަކޮށް، އީރާން ޓީމަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން އެމެރިކާގައި މަޑުކުރުމުގެ ފުރުސަތު ނުލިބި، ކޮންމެ ދުވަހަކު މެކްސިކޯއިން ދަތުރުކުރަން ޖެހުނު މައްސަލަ އޭނާ ފާހަގަކުރިއެވެ. ފީފާ ވޯލްޑް ކަޕުން ކެޓުމާއެކު އީރާން ގައުމީ ޓީމުގެ ކެޕްޓަނާއެކު ޓީމުގެ ކުޅުންތެރިން-- "މުބާރާތް ބާއްވާ ގައުމު، ބައިވެރިވާ ގައުމަކާ ހަނގުރާމައިގެ ހާލަތުގައި އޮއްވާ މުބާރާތެއް ބޭއްވޭ ތަން އަހަރެން ދުވަހަކުވެސް ނުދެކެން،" ލިނެކާ ބުނެފައިވެއެވެ. އީރާން ޓީމާ ދޭތެރޭ ވަރަށް ބޭއިންސާފުން ކަންތައްތައް ކުރެވިފައިވާ ކަމަށް އޭނާ ގަބޫލުކުރެެވެ. ދެފުށްދެގޮތް ސިޔާސަތު ކުރީގެ ވޯލްޑް ކަޕްތަކާ އަޅާބަލާއިރު، މި ފަހަރުގެ މުބާރާތަށް މީޑިއާތަކުން ބަލާގޮތް ތަފާތުތޯ ކުރި ސުވާލަށް ޖަވާބު ދެމުން، ލިނެކާ ވަނީ އެއީ ދެފުށް ދެގޮތް ސިޔާސަތެއް ކަމަށް ބުނެފައެވެ. މުބާރާތުގެ ކުރިން މީޑިއާތަކުން އެކި ގައުމުތަކުގެ މައްސަލަތައް ފާހަގަކުރާ ކަމަށާއި، ނަމަވެސް މުބާރާތް ފެށުމުން ފޯކަސް ފުޓްބޯޅައަށް ބަދަލުވާ ކަމަށް އޭނާ ބުނެފައިވެއެވެ. "ކުރިމަތިވާ ކަންކަމާ މެދު ކުރިން މީހުން ވާހަކަ ދައްކާނެ. އެކަމަކު ހަގީގަތަކީ، މުބާރާތް ފެށުމުން އެންމެންގެ ފޯކަސް ހުންނަނީ ފުޓްބޯޅައަށް، ކުރިން ދެއްކި ވާހަކަތަކަށް ސަމާލުކަމެއް ނުދޭ" ލިނެކާ ބުނެފައިވެއެވެ. ވޯލްޑް ކަޕު 2026 ގެ ބްރޯޑްކާސްޓިން ސެންޓަރުގައި ފީފާގެ ރައީސް އިންފަންޓީނޯ-- ސަޕޯޓަރުންގެ އުފާވެރިކަމާއި އުއްމީދު މި ހުރިހާ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައިވެސް، އެކި ގައުމުތަކުގެ ސަޕޯޓަރުން އެއްތަނަކަށް ޖަމާވެ، އެކުވެރިކަމާއެކު އުޅޭ މަންޒަރަކީ ލިނެކާ ވަރަށް އުފާވާ މަންޒަރެކެވެ. ސަޕޯޓަރުންގެ ކިބައިން ސިޔާސީ ފަރާތްތަކަށްވެސް ފިލާވަޅުތަކެއް ލިބިދާނެ ކަމަށް އޭނާ ދެކެއެވެ. މީގެ އިތުރުން، ޓިކެޓުގެ އަގުތައް ބޮޑުވުމާ މެދު ލިނެކާ ވަނީ ފާޑުކިޔާފައެވެ. އާދައިގެ ސަޕޯޓަރުން މެޗު ބެލުމަށްޓަކައި ދަރަނިވެރިވާން ޖެހޭ ފަދަ ހާލަތަކަށް ޓިކެޓުގެ އަގުތައް މަތިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި މެކްސިކޯގެ ސްޓޭޑިއަމެއްގެ ބޭރުގައި ސަޕޯޓަރުން-- މުބާރާތް ކުރިއަށްދާއިރު، އިނގިރޭސި ޓީމުގެ ކުޅުމާމެދު ލިނެކާ ހުރީ ވަރަށް ބޮޑު އުއްމީދެއްގައެވެ. އަދި އޭނާގެ ލަނޑު ޖެހުމުގެ ރެކޯޑު މުގުރާލުމާ ގާތަށް ގޮސްފައިވާއިރު، ހެރީ ކޭންއަށް އޭނާގެ ފުރިހަމަ ތާޢިދާއި އިތުބާރު އޮތްކަން ލިނެކާ ވަނީ ހާމަކޮށްފައެވެ. ގެރީ ލިނެކާގެ ވާހަކަތަކުން ދޭހަވަނީ، ފުޓްބޯޅައަކީ ދުނިޔެ އެކުވެރިކުރުމުގެ ބާރު ލިބިފައިވާ ކުޅިވަރެއް ކަމާއި، ނަމަވެސް ސިޔާސީ މަސްރަހުގެ ނުފޫޒުތަކުން އެކަން ތަންފީޒުވެ ހެޔޮ ނަތީޖާ ނެރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ