މިދިޔަ ހަފްތާގައި އެމްޕީއެލުން 40،958 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގެ ތެރޭގައި 40،958 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކްލިއާކުރި މުދަލުގެ ތެރޭގައި 39،721 ކޮންޓެއިނާ އުޅަނދާއި 1،138 ޖެނެރަލް ކާގޯ އުޅަނދު ހިމެނެއެވެ. އަދި ވަކިވަކި އުޅަނދުތަކަށް ބަލާއިރު، 1،455 ކޮންޓެއިނާ އުޅަނދަކާއި 125 ޖެނެރަލް ކާގޯ އުޅަނދަކުން މުދާ ކްލިއާކޮށްފައިވެއެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހުގެ ބާވަތްތަކެވެ. އެގޮތުން ކްލިއާކުރި މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
7،474 ޕެކޭޖުގެ ބިސް
7،078 ޕެކޭޖުގެ ފިޔާ
4،785 ޕެކޭޖުގެ ކަރާ
2،099 ޕެކޭޖުގެ އަލުވި
1،969 ޕެކޭޖުގެ ކެބެޖް
1،710 ޕެކޭޖުގެ ޓޮމާޓޯ
1،372 ޕެކޭޖުގެ ދޮންކެޔޮ
މީގެ އިތުރުން އަލަނާސި، ބަރަބޯ އަދި ސްވީޓް މެލަން ފަދަ ބާވަތްތައް ވެސް ގިނަ އަދަދަކަށް ކްލިއާކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އުޅަނދުތަކުގެ ދަތުރުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގައި އެއް ކޮންޓެއިނަރު އުޅަނދު ރާއްޖެ އައިސްފައިވާއިރު ހަތަރު އުޅަނދެއް ވަނީ ފުރާފައެވެ. އަދި ދެ ޖެނެރަލް ކާގޯ އުޅަނދެއްގެ މުދާ ކްލިއާކޮށް، ތިން އުޅަނދެއް ފުރާފައިވެއެވެ.
ކާބޯތަކެތީގެ ބާވަތްތައް، ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މުދާ ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ