ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޒަމީރު އިސްތިއުފާ ދެއްވި ސަބަބު އަދި ނޭނގެ އެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓުގެ ނާކާމިޔާބީއާ ގުޅިގެން ބޭއްވި ވަޒީރުންގެ ބައްދަލުވުމަކަށް ފަހު ރައީސް މުހައްމަދު މުއިއްޒު އާއި ޒަމީރުގެ ގުޅުން ގޯސްވެ، އިސްތިއުފާ ދެއްވަން އުޅުނު ކަމުގެ އަޑުތަކެއް އެރި އެވެ.
ނަމަވެސް އޭރު ޒަމީރު ވަނީ އެ ވާހަކަތައް ދޮގުކޮށް، އޭނާ ކެބިނެޓުން އިސްތިއުފާ ދޭން ނުޅޭ ކަމަށް ވިދާޅުވެފަ އެވެ.
ޒަމީރު މި ސަރުކާރުގައި އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރަކަށެވެ. އޭނާ ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު 30، 2024 ގައި ކެބިނެޓަށް ފުރަތަމަ ބަދަލުގެނައިއިރުގަ އެވެ.
ފިނޭންސް މިނިސްޓަރު ކަމުން ޒަމީރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ