ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކޮށް އެކުއަކަލްޗަރ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުން ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކޮށް އެކުއަކަލްޗަރ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުން." ޝިޔާމު ވިދާޅުވިއެވެ.
މިގޮތުން، މި މަސައްކަތުގެ ދަށުން ފާއިތުވި އަހަރު ރާއްޖެއަށް ތައާރުފްކުރި ސީވީޑް އެކުއަކަލްޗާގެ ފުރަތަމަ ޝިޕްމަންޓް މިއަހަރު އެކްސްޕޯޓްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސިނާއަތަށް އޮތް ޝައުގުވެރިކަން ބޮޑުވެ، އިތުރު ދެ ކުންފުންޏަކުން މިހާރުވެސް އިންވެސްޓްކޮށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ޝިޔާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މަސްތައް ފުން ހިސާބުތަކަށް ހިޖުރަކުރާތީ، އަތުނަނާއި ދޮށީގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށްވެސް މިނިސްޓަރު ޝިޔާމްގެ މެސެޖުގައި ވިދާޅުވިއެވެ.
އަދި މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކަނޑުގެ އަޑީގައިވާ ދިރުންތަކާއި ވަސީލަތްތައް އިތުރަށް ދިރާސާކޮށް، ސައިންޓިފިކް މައުލޫމާތުގެ އަލީގައި އިގްތިދާދު ސިންދަފާތުކުރަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ކަނޑުން ލިބޭ މަންފާ އިތުރުކުރުން: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ