ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުން ށ.އަތޮޅުން ފެށިގެން ފ.އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް އިން ނެރެފައިވާ މޫސުމާއި ބެހޭ އެލާޓްގައި ބުނެފައިވަނީ، މިއަދުގެ ހަވީރު 17:00 އިން ފެށިގެން މިރޭގެ 21:00 އާއި ހަމައަށް މިސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.
އަދި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ށ.އަތޮޅުން ފ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ