މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ކަރަންޓު ކެނޑުމަށް މެދުވެރިވި މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މުޅި މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:00 ހާއިރުއެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި މައްސަލަ ދިމާވީ ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށް ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ނިވުމުންނެވެ.
މި މައްސަލަ ދިމާވުމާއެކު ސްޓެލްކޯގެ ޓީމުތަކުން ވަނީ ސިސްޓަމް އާންމު ހާލަތަށް ގެނައުމަށާއި ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް އަވަސް މަސައްކަތްތަކެއް ކޮށްފައެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި ހުޅުމާލޭ އިންޖީނުގޭގައި ކުރިއަށް ގެންދިޔަ އަޕްގްރޭޑް މަސައްކަތަކީ ކަރަންޓުގެ ހިދުމަތް ދިގު މުއްދަތަކަށް އިތުބާރާއެކު ފޯރުކޮށްދިނުމަށާއި، ސިސްޓަމްގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކުރަން ރޭވިފައިވާ މުހިންމު މަސައްކަތެކެވެ.
މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ކަރަންޓްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ