3 ގަޑިއިރާއި 30 މިނެޓު ފަހުން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

ކަރަންޓުގެ ޚިދުމަތް މެދުކެނޑުނުތާ ތިން ގަޑިއިރާއި 30 މިނެޓު ފަހުން ހުޅުމާލެއާއި މާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓު ދީފިއެވެ. މާލެއާއި ހުޅުމާލެއިން މިއަދު ކުއްލިގޮތަކަށް ކަރަންޓު ދިޔައީ 12:00 ހާއިރެވެ. އޭގެ ގަޑިއިރެއް ފަހުން، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. https://sun.mv/222402 މިއަދު 15:32ގައި އެ ކުންފުނިން ބުނީ، ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ. އެހެންވެ، އެއްވެސް ސަބަބާ ހުރެ، ކަރަންޓުގެ ޚިދުމަތް ނުލިބޭނަމަ އިމަޖެންސީ ހޮޓްލައިން ނަންބަރު 104 ނުވަތަ ކޯލް ސެންޓަރު 1545އަށް ގުޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. އަދި، އެ ކުންފުނިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ. https://x.com/STELCOMALDIVES/status/2058133869657002297 ސްޓެލްކޯއިން ބުނި ގޮތުގައި، މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑަށް ފަހު ދިމާވި މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ހުއްޓުމުންނެވެ. https://sun.mv/222405 ސްޓެލްކޯއިން ރޭ ވަނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑިން މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ކުރީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް، އެހެން ބުނިތާ މާ ގިނައިރެއް ނުވެ މިއަދު ކުއްލިއަކަށް ކަރަންޓު ކެނޑުމުން އެ ކުންފުންޏަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. މީގެ ކުރިން ވެސް މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ވަރަށް ގިނައިން ކަރަންޓު ކެނޑިފައިވެއެވެ. އެކަމަކު، އާންމުކޮށް ކަރަންޓު ކެނޑެނީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ. އެ ގެއްލުންވާ ކޭބަލް ރަނގަޅުކުރުމަށް ފަހު، މާ ގިނައިރުތަކެއް ނުވެ ސްޓެލްކޯއިން އެ ސަރަހައްދަކަށް ކަރަންޓު ދެއެވެ. އެގޮތުން، މިދިޔަ އަހަރު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ގޮސްފައިވެއެވެ. އެ ގޮތުން، އެ ފަހަރު އެ މައްސަލަ ތަހުގީގުކުރަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިއެވެ. އެކަމަކު، އެ ކަމުގެ އަދާހަމައެއް ފަހުން ނުލިބެއެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑެނީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ