މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް 'ބޯހިޔާވަހިކަން އެންމެނަށް' ގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހަޅަން ހުޅުވާލި މުއްދަތު އަނެއްކ ވެސް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 18 ޖެނުއަރީގައި ހައުސިން މިނިސްޓްރީން އެ ފުރުސަތު ހުޅުވާލީ 30 އޭޕްރީލްއާ ހަމައަށެވެ. އޭގެ ފަހުން، 13 އޭޕްރީލްގައި ހައުސިން މިނިސްޓްރީން އެ މުއްދަތު 31 މެއިއާ ހަމައަށް އިތުރުކުރި އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބޮޑު އީދު ބަންދަކީ ގިނަ މީހުން އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، ސަރުކާރު ބަންދު ދުވަސްވަރަކަށް ވާތީ ލިޔެކިއުންތައް ހަމަކުރުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމުގެ ޝަކުވާ އެ މިިނިސްޓްރީއަށް ލިބޭ ކަމަށެވެ.
އެހެންވެގެން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ 15 ޖޫންގެ ރޭގަނޑު 11:59ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ފާހަގަކޮށްލެވޭ - މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް މިދިޔަ ޖެނުއަރީ މަހު އިއުލާންކުރިއިރު ފްލެޓަށް އެދި ހުށަހަޅަން ހުރި ޝަރުތުތައް މިނިސްޓްރީން ގެންދިޔައީ އެކި ފަހަރު މަތިން ބަދަލުކުރަމުންނެވެ.
މި ފަހުން މިނިސްޓްރީން އިސްލާހު ކުރަމުން އައީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ޝަރުތުތަކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގޯއްޗާއި ފްލެޓަށް ހުށަހެޅުމުގެ މުއްދަތު، އީދު ޗުއްޓީއާ ގުޅިގެން، އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ