މޭޖާ (ރިޓަޔަރޑް) އަހުމަދު ވާފިރު އަވަހާރަވެއްޖެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ގިނަދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ މޭޖާ (ރިޓަޔަރޑް) އަހުމަދު ވާފިރު އަވަހާރަވެއްޖެއެވެ.
އޭނާވަނީ ސަިފައިންގެއަށާއި މިގައުމަށް 40 އަހަރަށްވުރެ ގިނަ ދުވަހު، އަގުނުކުރެވޭ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
މޭޖާ އަހުމަދު އަވަހާރަވުމާ ގުޅިގެން، ކުޜީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވަނީ އޭނާގެ އާއިލާއަަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެންޑީއެފް އަށާއި ދިވެހި ގައުމަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މޭޖާ (ރިޓަޔަރޑް) އަހުމަދު ވާފިރު އަވަހާރަވީ ޚަބަރު އެހީ ކުއްލި ސިހުމާއި ފުން އަސަރާއެކު ކަމަށެވެ. އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ މިހިތާމައިގައި ރައީސް މައުމޫން އާއި އެމަނިކުފާނުގެ އާއިލާ ވެސް ބައިވެރިވެވަޑައިގަންނަވާކަމަށް ޓްވީޓްގައި ވެއެވެ.
މީގެ އިތުރުން، ރައީސް މައުމޫންވަނީ އޭނާ ކުރެއްވި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. ހާއްސަކޮށް 1988ގައި މާލޭގައި ދިން ނިރުބަވެރި ހަމަލާތަކުގައި ސަރުކާރުގެ ވެރިންނާއި ރައްޔިތުން ސަލާމަތްކުރުމުގައި މޭޖާ (ރިޓަޔަރޑް) އަހުމަދު ވާފިރުގެ ދައުރުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން އެއިޝާރާތްކުރެއްވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ފަތިހުގެ ވަގުތު ރާއްޖެއަށް ދިން ނިރުބަވެރި ހަމަލާއަށެވެ. އޭރު ރައީސް މައުމޫންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި ދެ ސިފައިންގެ ތެރެއިން އެއްބޭކަލަކީ މޭޖަރ (ރިޓަޔަރޑް) އަހުމަދު ވާފިރެވެ.
އެދުވަހު ރާއްޖޭގެ މިމިނިވަންކަމާއި ކުޅެ އަހަރެމެންގެ މާތްވި އިސްލާމް ދީން ފޮހެލާ ގައުމު ނެތިކޮށްލުމަށް ނިރުބަވެރިން ދިން އެ ހަމާލަކުން ދިވެހިންގެ 19 މީހުންގެ ލޭ މިފަސްގަނޑަށް އޮހުރުވައިލިއެވެ. ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދިޔަ ހިތްވަރުގަދަ ދިވެހި ސިފައިންގެ އަށް ބޭކަލުންނާއި، އާންމުގެ 11 މީހުންގެ ލެއިން މިދިވެހި ބިން ތަތްތަޅުވާލިއެވެ. އެވަރުންވެސް އެނުބައި ނުލަފާ ނިރުބަވެރިން ފުއްދައިލީއެއް ނޫނެވެ. މީސްމީހުންގެ ގެދޮރުތަކަށް ގަދަކަމުން ވަދެ އެތައްބައެއްގެ މުދާލޫޓުވިއެވެ.
އެދުވަހު މޭޖާ (ރިޓަޔަރޑް) އަހުމަދު ވާފިރުފަދަ ދިވެހި ސިފައިން ދެއްކެވި ހިތްވަރަށް ޝުކުރާއި ތައުރީފު ހައްގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ