ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން ގާޒީ އާދަމް މުހައްމަދަށް

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން، އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމްއާ ހަވާލުކުރަން ނިންމީ، އެ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް، ހައި ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީ އިން ބުނީ އެ ބަދަލު ގެނައުމަށް ނިންމާފައި ވަނީ މި މަހު ފަސް ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.
ގާޒީ އާދަމް މުހައްމަދަކީ މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެފަހަރު އެ މަގާމު އޭނާއާ ހަވާލުކުރެއްވީ އޭރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުމާ ގުޅިގެންނެވެ.
Criminal court hingun gaazee Adam Mohamed aa havaalu koffi
The most trusted news source in the Maldives
Mihaaru
އަދި އޭނާ ވަނީ މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
މީގެއިތުރުން ޖޭއެސްސީ އިން ބުނީ ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާ ހިންގުން ކުރިން ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި އަޒީމް ހަސަންއާ ހަވާލު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެއީ ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އިބްރާހީމް އިހުސާން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ