ހޯރަފުށި މަގުތަކުގައި ތާރު އެޅުން: މަޝްރޫއު ނިމުމަކާއި ގާތްވެއްޖެ

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްޓީސީސީ އިން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި، ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ 95 އިންސައްތަ ފުރިހަމަކުރެވިފައި ވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25,909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11,114 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނއެވެ.
މި މަޝްރޫއަކީ 71.9 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ