މީހަކު ފޮރުވައިގެން ގެންގުޅުމުގެ ތުހުމަތަށް ހައްޔަރުކުރި 2 މީހަކު ދޫކޮށްލައިފި

ފުލުހުންނަށް މީހަކު ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެތެރެއިން 2 މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ހޯދަމުންދަނީ (25 އ) ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމެވެ. އޭނާ ހޯދަމުންދަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައެވެ.
ފައިހް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި 5 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތިން މީހަކަށް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދިން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ފައިހް ހޯދަން އުފުލުން އިއުލާނުކުރި އިރު، ވިލިމާލޭ ފެރީޓާމިނަލް ސަރަހައްދުގައި ފެބްރުއަރީ 14 ވަނަ ދުވަހު، ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ