ހެކިންނަށް ނުފޫޒު ފޯރުވަން އުޅުނު މީހަކު ހައްޔަރުކޮށް ޑިވައިސްތަކެއް ހޯދައިފި

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގަައި ހެކިންނަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތަކެއް މިއަދު ފުލުހުން ހިފަހައްޓައިފި އެވެ.
ވީކިހިނެއް؟ - މި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މިއަދު މާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
ތަފްްސީލް - މި އޮޕަރޭޝަނުގެ ތެރެއިން، ފުލުހުން ބުނި ގޮތުގައި، ހައްޔަރުކުރީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކޮށް ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، މި މައްސަލާގައި ތުހުމަތުކުރެވޭ އިތުރު 2 މީހެއްގެ ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ