އިންޑަސްޓްރިއަލް އައިލެންޑު ތިލަފުށީގައި ބިދޭސީއަކު ލޮރީއެއް ދަށުވެ އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއްވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ ސްރީ ލަންކާގެ ފިރިހެން މީހަކަށް ކަމަށެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭގެ ތަފުސީލެއް ނުލިބެ އެވެ.
އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ލޮރީ ދުއްވާފައި ދަނިކޮށް އެއިން ޖެހި ވެއްޓިފައި އޮއްވައި ލޮރީ އޭނާގެ ގައިމަތިން ދިޔުމުން ކަމަށް ފުލުހުން ބުނެ އެވެ.
އެ އެކްސިޑެންޓުގެ މައްސަލައިގައި ލޮރީ ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިގްނެޝް އަނަދުރާއީ، 28، ކަމަށް ފުލުހުން ބުނެ އެވެ.
އެއްގަމުގެ ގާނޫނަށް ނުބަލައި ތިލަފުށީގައި ވެހިކަލް ދުއްވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކެއް ދުއްވި މައްސަލައެއް މިދިޔަ އަހަރު ފެންމަތިވެފައިވެ އެވެ.
ތިލަފުށީގައި ފުލުހުން ސްޓޭޝަންވެ ތިބި ނަމަވެސް އެރަށުގައި އަމަން ބެލެހެއްޓުމަށް މާ ބޮޑު ހަރަކާތްތަކެއް ފުލުހުން ކުރިއަކަށް ނުގެންދެ އެވެ.
ތިލަފުށީގައި ލޮރީއެއް ދަށުވެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ ތިލަފުށީގައި ލޮރީއެއް ދަށުވެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ