ހެކިންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށް ތިން މީހެއްގެ ޑިޖިޓަލް ޑިވައިސް ފުލުހަށް ނަގައިފި
ޝަރީއަތެއް ހިންގަމުންދާ މައްސަލައެއްގައި ހެކީންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުވާތީ، ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށް އެ މީހާގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ، މި މައްސަލައިގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހު، ތަހުގީގަށް އޭނާގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ. އޭގެ އިތުރުން ހަމަ މި މައްސަލައިގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މިއަދު ހިންގި އޮޕަރޭޝަން ގުޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގެ ޝަރީއަތަކާ ކަމެއް ކަން ހާމައެއް ނުކުރެއެވެ. އަދި އޮޕަރޭޝަން ކުރިއަށްގެންދާނެ މުއްދަތަކާއި އިތުރު އެއްވެސް ތަފުސީލެއް ވެސް އޭރު ހާމަ ނުކުރެއެވެ. ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން، ނުރައްކާތެރި ހާލަތެއް ދިމާވެދާނެ ފަދަ ހާލަތްތަކުގައި ހަރަކާތްތެރިވާ ސްވަޓް ފުލުހުން މާލޭގެ ގުދަނެއް ކައިރީގައި ތިބި މަންޒަރު ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ