ދިވެހި ފިލްމު 'ޕަރީ'ގެ ޕޯސްޓަރު ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނަ ލިބޭ ޕޯސްޓަރަކަށް 10،000 ރުފިޔާ ހުށައަޅައިފި އެވެ.
އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތް އޮންނާނީ 15 އޮކްޓޯބަރު 2025ގެ ނިޔަލަށެވެ. ޑިޒައިން ކުރާ ޕޯސްޓަރުތައް ހުށަހަޅާނީ 'ޕަރީ'ގެ އިންސްޓަގްރާމް އާއި ފޭސްބުކް އެކައުންޓްތަކަށް ޕޯސްޓްކޮށްގެން ކަމަށް ފިލްމު އުފައްދާ ޓީމުން ބުނެ އެވެ.
ހުށަހަޅާ ޕޯސްޓަރުތަކުގެ ތެރެއިން އެންމެ މޮޅު ފަސް ޕޯސްޓަރު ހޮވައި، އެ ޕޯސްޓަރުތައް 'ޕަރީ'ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށް ބެލުންތެރިންގެ ވޯޓަށް ހުޅުވާލާނެ އެވެ.
މުބާރާތުން އެއްވަނަ ލިބޭނީ އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓަރަކަށް ކަމަށް ޕަރީގެ ޓީމުން ބުނެ އެވެ.
ޕަރީއަކީ ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާގެ އިތުރުން މި ފިލްމުގައި ރިޝްމީ ރަމީޒު، ޝީލާ ނަޖީބު އަދި އައިޝަތު ލަމްޝާ މުހިންމު ރޯލުތަކެއް އަދާކުރެ އެވެ.
ފިލްމު ނެރޭނެ ދުވަހެއް އަދި ނުނިންމަ އެވެ. އެއްވަނަ ޕޯސްޓަރު ތައްޔާރުކުރާ ފަރާތަކަށް އިނާމު ދިނުމާއި ފިލްމުގެ ރަސްމީ ޓްރެއިލާ ލޯންޗުކުރުން އޮންނާނީ 1 ޑިސެމްބަރު 2025 ގަ އެވެ.
ޕަރީގެ ޕޯސްޓަރު ޑިޒައިންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ