ހޯރަފުށީ ކައުންސިލާ ޑަބްލިޔުޑީސީއިން ގާއިމްކުރި އައުޓްޑޯ ޖިމް ހުޅުވައިފި

ހއ. ހޯރަފުށީ ކައުންސިލާ ޑަބްލިޔުޑީސީއިން އެ ރަށު އުތުރު ފަރާތު ބީޗާއި ދިމާލުގައި ގާއިމްކުރި އައުޓްޑޯ ޖިމް ހުޅުވައިފި އެވެ.އިއްޔެ ހަވީރު އޮތް ރަސްމިއްޔާތުގައި މި ޖިމް ހުޅުއްވައި ދެއްވީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއާއި ރަށުގެ އިސްރަށްވެހިން ނެވެ.ގަވާއިދުން ކަސްރަތު ކުރުމަކީ އިންސާނާ ތަފާތު ބަލިތަކުން ސަލާމަތްވެ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ ބިންގާ ކަމަށާއި މި ޖިމްގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެ އެވެ.ހއ. ހޯރަފުށީ ކައުންސިލާ ޑަބްލިޔުޑީސީއިން އެ ރަށުގައި އައުޓްޑޯ ޖިމްގެ މަސައްކަތް 30 ދުވަހުގެ ތެރޭ ނިންމާ އެ ތަން ހުޅުވިއިރު ސަރުކާރުން އެދިގެން އައުޓްޑޯ ޖިމް ހެދުމަށް 12 މާރޗް 2025 ގައި ވަނީ ބިމެއް ދޫކުރެވިފަ އެވެ. ނަމަވެސް އެ ޖިމްގެ މަސައްކަތުގެ ހިލަމެއް އަދި ނެތެވެ. އިތުރަށް ކިޔާލަން: ހޯރަފުށިން ބިން ކަނޑައެޅިފައިވާ ގިނަ ޕްރޮޖެކްޓްތަކެއް، އަމަލީ މަސައްކަތް ވީ ހިސާބެއް ނޭނގެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ