މަގުބޫލު 'ދަ ހަންގާ ގޭމްސް'ގެ ހަ ވަނަ ފިލްމުގެ ޓީޒާ ދައްކާލައިފި

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިސް "ދަ ހަންގާ ގޭމްސް"ގެ 6 ވަނަ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. ފިލްމުގެ ފުރަތަމަ ޓީޒާއާ އެކު އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚު ވެސް ވަނީ އިއުލާނުކޮށްފައެވެ. ފްރާންސިސް ލޯރެންސް ޑައިރެކްޓްކުރާ "ހަންގާ ގޭމްސް: ސަންރައިޒް އޮފް ދަ ރީޕިންގް" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 20ގައެވެ. ފްރާންސިސް ލޯރެންސް އަކީ މިހާތަނަށް ގެނެސްދިން މި ފްރެންޗައިސްގެ ހަތަރު ފިލްމުގެ ވެސް ޑައިރެކްޓަރެވެ. "ހަންގާ ގޭމްސް"ގެ ފުރަތަމަ ބައި ގެނެސްދީފައި ވަނީ ޑައިރެކްޓަރު ގެރީ ރޮސްއެވެ. ލިޔުންތެރިޔާ ސޫޒަން ކޮލިންސްގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ސީރީސްގެ ފިލްމުތަކުން މިހާތަނަށް ފެނިފައިވާ މުހިއްމު ތަރިންގެތެރޭ ޖެނިފަ ލޯރެންސް، ޖޯޝް ހަޗަސަން އަދި ލިއަމް ހެމްސްވޯތު ހިމެނެއެވެ. "ދަ ހަންގާ ގޭމްސް"ގެ ކާސްޓުންގެތެރޭ ހިމެނޭ ޖޯސެފް ޒާޑާ--ފޮޓޯ/ޑެޑްލައިން ނަމަވެސް މިފަހަރުގެ ފިލްމުން މި ތަރިންނެއް ނުފެންނާނެއެވެ. "ހަންގާ ގޭމްސް: ސަންރައިޒް އޮން ދަ ރީޕިން"ގެ ކާސްޓުންނަކީ ޖޯސެފް ޒާޑާ، ޖެސީ ޕްލެމަންސް، ރާފް ފިއެނެސް، ގްލެން ކްލޯޒް، ކިއެރެން ކަލްކިން، އެލީ ފޭނިން، ކެނާ ގްރޭސް، މާޔާ ހޯކް، ވިޓްނީ ޕީކް، އަދި ކެލްވިން ހެރިސަން ޖޫނިއާއެވެ. "ދަ ހަންގާ ގޭމްސް"ގެ މިހާތަނަށް ރިލީޒްކޮށްފައިވާ ފަސް ފިލްމަށް ބޮކްސް އޮފީހުގައި 3.3 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ