ދިރާގު އެމްއެލްބީބީ މިނީ ސީރީޒްގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން ބާއްވާ މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް (އެމްއެލްބީބީ) IVއަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް އަންނަ މަހު 3ގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓަރީކުރެވޭނެ އެވެ.
ތަފްސީލް - ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް އެމްއެލްބީބީގެ މި މުބާރާތް ފަށާނީ އަންނަ މަހު 7ގަ އެވެ. މި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށެވެ.
މި މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000ރ.ގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅާފަ އެވެ.
ފާހަގަކޮށްލެވޭ - ޑީޖީޖީން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާ އެކު މި އަހަރު ބާއްވާފަ އެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
ދިރާގުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ