މިލާން (ނޮވެމްބަރު 24) - އިޓާލިއަން ލީގުގައި ރޭ ކްރެމޮނީސޭ އަތުން 3-1 އިން މޮޅުވެ، ރޯމާ އިން ލީގުގެ އެއް ވަނަ މަގާމު ދިފާއުކުރިއިރު، މިލާން ޑާބީގައި، އިންޓަ މިލާންގެ މައްޗަށް އޭސީ މިލާނުން 1-0 އިން ކުރިހޯދައިފި އެވެ.
ރޭގެ ނަތީޖާތަކާ އެކު، ރޯމާ އިން ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާނަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނަޕޯލީ އަށް ވެސް 12 މެޗުން 25 ޕޮއިންޓް ވަނީ ލިބިފަ އެވެ. ހަތަރެއްގައި އޮތް އިންޓަ އާއި ފަސް ވަަނައިގައި އޮތް ބޮލޯނިއާ އަށް ވަނީ 12 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.
އިންޓަ އަތުން މިލާން މޮޅުކޮށްދިން ގޯލު އެ މެޗުގެ 54 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކްރިސްޓިއަން ޕުލިސިޗް އެވެ. މިއީ، މިލާނުގެ އަލެކްސިސް ސަލަމާކާ ޖެހި ޝޮޓެއް އިންޓަގެ ކީޕަރު ޔެން ސޮމާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރަނގަޅު ތަނުގައި ހުރެ، ގޯލަށް ބޯޅަ ފޮނުވާލައިގެން ޕުލިސިޗް ޖެހި ގޯލެކެވެ. އިންޓަ އަށް ނަތީޖާ ހަމަހަމަކުރަން ލިބުުނު ފުރުސަތުގައި ހަކަން ޗަނޮނޯލޫ ޖެހި ޕެނަލްޓީ މިލާންގެ ކީޕަރު މައިކް މައިންނޯން ވަނީ މަތަކޮށްފަ އެވެ.
ރޯމާ އަށް މެޗުގެ 17 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މަޓިއަސް ސޫލާ އެވެ. ފުރަތަމަ ހާފުގައި އެ ލަނޑާ އެކު ރޯމާ އިން ލީޑުގައި އޮވެ ނިންމާލިއިރު، މެޗުގެ 64 ވަނަ މިނިޓްގައި އެވާން ފާގަސަން ވަނީ ރޯމާގެ ދެ ވަނަ ލަނޑު ޖަހައިފަ އެެވެ. މިއީ، ކުރިން ބްރައިޓަން އަށް ކުޅުނު ފާގަސަން، ރޯމާއާ ގުޅުނު ފަހުން ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. މި ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން ރޯމާގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ، ވެސްލީ ފްރާންކާ އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ކްރެމޮނީސޭގެ ހަމައެކަނި ލަނޑު ޖެހީ ފްރަންސެސްކޯ ފޮލީނޯ އެވެ.
ރޯމާ އިން އެއް ވަނަ މަގާމު ދިފާއުކުރިއިރު، މިލާނުން އިންޓަ ބަލިކޮށްފި ރޯމާ އިން އެއް ވަނަ މަގާމު ދިފާއުކުރިއިރު، މިލާނުން އިންޓަ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ