އަނެއްކާ ވެސް މައިކެއް ހަލާކުވެއްޖެ: ފަލާހާއި ޝަމްހީދުގެ މައްސަލަ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި މައިކެއް އަނެއްކާ ވެސް ހަލާކުވެ، ދެ މެންބަރެއްގެ މައްސަލަ ސުލޫކީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމެއްގައި ހަލާކުވީ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހްގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކެވެ. އެކަން ހިނގީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި ޖަވާބަކުން މެންބަރުން އަޑުގަދަކުރަން ފެށި ވަގުތުގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ފަލާހްގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކް ހަލާކުވެ، އެ ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ހިނގީ ފަލާހާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާ ދެމެދު ހިނގި ހަމަނުޖެހުމެއްގައެވެ. https://sun.mv/212980 އެހެންވެ، އެ މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. "ކަން ހިނގައިދިޔަ ގޮތެއް ބަލާފައި، އޭގެ އަގު ޖެހޭނެ ދައްކަވަން. އެ މައްސަލަ ސުލޫކާ ބެހޭ ކޮމިޓީއަށް ފޮނުވަން،" ނާޒިމް ވިދާޅުވިއެވެ. https://sun.mv/212881 ފާހަގަކޮށްލެވޭ ގޮތުގައި، މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށް މިދިޔަ މަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ކޮމިޓީ ބާއްވާ ކޮޓަރީގައި ހުރި މައިކަކަށް ގެއްލުންދިން މައްސަލައިގައި، އެ ވަގުތު އެ މައިކުގައި ހިފައިގެން ތިބި ތިން މެންބަރުންގެ އަތުން މައިކުގެ އަގު ނަގަން ނިންމިއެވެ. އަގު ނަގަން ނިންމީ ހެންވޭރު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ