އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި މަރުވެފައި އޮތް ދެ މީހުން ފެނިއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މީހެއްގެ ހަށިގަނޑު ފެނުނީ ހިތަދޫ ކްރޭންގެއިންނެވެ. އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެކެވެ.
މަރުވީ ދެމަފިރިން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ މީހުންގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
ދެމަފިރިން މަރުވެފައިވާކަން އާއިލާއިން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
އައްޑޫ ހިތަދޫގެ ގެއެއް ތެރޭ ދެމަފިރިން މަރުވެފައި އޮއްވައި ފެނިއްޖެ އައްޑޫ ހިތަދޫގެ ގެއެއް ތެރޭ ދެމަފިރިން މަރުވެފައި އޮއްވައި ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ