ޓްރީ ޓޮޕް ހޮސްޕިޓަލުން ހެލްތު އެކްސްޕޯގައި ބައިވެރިވެއްޖެ

ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހެލްތް އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށި އެކްސްޕޯ މިއަދާއި މާދަމާ ވެސް ހަވީރު 4 އިން ރޭގަނޑު 11އަށް ކުރިއަށްދާނެ އެވެ. 
ތަފްސީލް - އާންމުންނަށް ބައިވެރިވެވޭ މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލުން ފެމެލީ މެޑިސިން، ޑައިޓް އަދި ނިއުޓްރިޝަން، ޑެންޓަލް ހެލްތު، އައިވީއެފް، އެމަޖެންސީ މެޑިސިން އަދި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަސް ދާއިރާއަކުން މައުލޫމާތު ދޭނެ އެވެ. އެއީ:
ޑައެޓް އަދި ނިއުޓްރިޝަން: ކްލިނިކަލް ޑައެޓީޝަންސް ކަމަށްވާ ރީބާ މޭރީ އާއި އައިޝާގެ ބައިވެރިވުމާ އެކު
އައިވީއެފް އަދި ރީޕްރޮޑަކްޓިވް ހެލްތު: ޑރ. ޒަކިއްޔާ އަހުމަދުގެ ބައިވެރިވުމާ އެކު
ޑެންޓަލް ހެލްތު: ޑރ. އިލްހާމް ޝަރީފާއި ޑރ. އައިމިނަތު ރީޝާގެ ބައިވެރިވުމާ އެކު
ފެމިލީ މެޑިސިން: ޑރ. އަމިތޭޝް ރާޖު ޕާންޑޭގެ ބައިވެރިވުމާ އެކު
އެމަޖެންސީ މެޑިސިން: އެމެޖެންސީ ހާލަތުގައި ފަރުވާތައް ކުރިއަށްގެންދާ ގޮތުގެ މައުލޫމާތު ހިއްސާކުރުން
މި އެކްސްޕޯގެ މަގުސަދަކީ ދިވެހިންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާއި ހިދުމަތްތައް ތައާރަފުކޮށްދިނުމެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން 
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން 
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ